ގާނޫނު އަސާސީ ނަގަހައްޓަން ރައްޔިތުން ނުކުންނަންވީ ވަގުތު ޖެހިއްޖެ: އަމީން

ގާނޫނު އަސާސީ ނަގަހައްޓާ ދަމަހައްޓަން ރައްޔިތުން ނުކުންނަން ވީ ވަގުތު ޖެހިއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ ދުސްތޫރު ނަގަހައްޓަން ރައްޔިތުން ހަވާލު ކުރީ މަޖިލީހާއި ޝަރުއީ ދާއިރާއާއި ސަރުކާރުގެ މުއައްސަސާތަކަށް ކަމަށެވެ. ނަމަވެސް އެކަން ނުކުރެވި ބޮޑުތަނުން ފެއިލްވެފައިވާ ކަމަށާއި، ރައްޔިތުން ނުކުމެ ފެއިލްވީ ފަރާތްތައް އެއްފަރާތް ކުރަން ޖެހޭ ކަމަށެވެ.
އަމީން ވިދާޅުވީ ގާނޫނު އަސާސީ ކޮޅަށް ޖަހައި ގައުމު ހަމަޔަކަށް އަޅުވަން ކެރިގެން ރައްޔިތުން ނުކުންނަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. Dhusthoor nagahattai himaayaiykurumah rayyithun mathikuri judiciary aa RMaai sarkaaraa muassasaathakah ekameh nuvi. Bodu thanun failvejje1/2— Ameen Ibrahim (@ameenmaldives) July 16, 2017Rayyithun nukume failvi faraaiythah ekaherikoh, QA kolhah jahai, gaumu hamayakah elhuvumah fisaari kerigen nukunnanvee vaguthu athuvejje 2/2— Ameen Ibrahim (@ameenmaldives) July 16, 2017
އަމީން އިބްރާހީމަކީ އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ކުރި މުޒާހަރާގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅާއެވެ. މޭޑޭ މުޒާހަރާއާއި ގުޅިގެން އަމީން ހައްޔަރު ވެސް ކުރިއެވެ.
އިނގިރޭސިވިލާތުގައި މިހާރު ހުންނެވި އަމީން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ