ގާސިމް ހޮސްޕިޓަލަށް ގެންދިއުމުން ޢައިރު ހާޒިރުގައި ވެސް ޝަރީއަތް ކުރަން އުޅުނު: ވަކީލުން

ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ގާސިމްގެ ޢައިރު ހާޒިރުގައި ވެސް ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް ކޯޓުން މަސައްކަތް ކުރި ކަމަށް އޭނާގެ ދިފާއީ ވަކީލުން ވިދާޅުވެއްޖެ އެވެ.
 
ގާސިމްގެ ދިފާއީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ގާސިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން ޢައިރު ހާޒިރުގައި ކުރިއަށް ގެންދިއުމަށް ކޯޓުން މަސައްކަތް  ކުރީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ބާއްވަން އޮތް އަޑުއެހުމަށް ގާސިމް ހާޒިރުވެވަޑައިގެން ހުންނަވަނިކޮށް އޭނާގެ ހާލު ދެރަވެ ކޯޓުގެ ތެރެއަށްވެއްޓުމާއިއެކު ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެންނެވެ.
 
އެ ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ ހާލުސީރިއަސްވެ ހޮސްޕިޓަލަށް ގެންދިއުމުން ވެސް ވަކީލުން ކޯޓުގެ ތެރޭގައި މަޑު ކުރުވާފައިވާ ކަމަށެވެ. ނަމަވެސް ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށް އިންކާރުކޮށް، ގާސިމް ނެތް ޝަރީއަތުގެ މަޖީލިހެއްގައި ވަކީލުންގެ ހަސިއްޔަތުން ނުތިބޭނެ ކަމަށް އަންގާފައިވާނެ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިކުންނަން ހުއްދަ ލިބުނީ 16.40ހާއިރު ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
 
ޣައިރު ހާޒިރުގައި މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއްގެ ޝަރީއަތް ހިންގުމަކީ ގާނޫނު އަސާސީ އާއި ޖިނާއީ އިޖްރާއަތުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
 
ގާސިމްގެ ވަކީލުންގެ ބަޔާނުގައި ގާސިމް ބެއްލެވި އައިޖީއެމްއެޗްގެ ޑޮކްޓަރުން ދިން ލިޔުމުގައި އޭނާއަށް ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ނެތް ކަމަށާއި ފަރުވާ ހޯދުމަށް ވަގުތުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށާއި އަދި ފަރުވާ ލިބުން ލަސްވެއްޖެ ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެކަން ފާހަގަ ކުރައްވައިފައިވެ އެވެ.
 
ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އަޑުއެހުމެއް 24 ވަނަ ދުވަހު ބޭއްވި ނަމަވެސް 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ފަހު ދެން އަޑުއެހުމެއް  އޮންނާނީ ކުރިއަށް އޮތް ހަފްތާގައި ކަމަށް ކޯޓުން ބުނި  ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި 24 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ތާވަލުކޮށް ޗިޓް ފޮނުވީ 23 ވަނަ ދުވަހުގެ ރޭ 11.00 ހާއިރު ކަމަށްވެސް ބުނެފައިވެ އެވެ. ހަމަ އެހެންމެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު އަޑުއެހުން ނިންމާލީ 12.05ގައި ކަމަށްވާއިރު ވަކީލުންނަށް ކޯޓުން ނިކުތުމުގެ ހުއްދަ ލިބުނީ 12.45ހާއިރު ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
 
އަދި އެ މައްސަލާގައި ނުވަ އަޑު އެހުމެއް މިހާތަނަށް ބާއްވާފައިވާއިރު ހުލާސާ ބަޔާން ތައްޔާރުކޮށް  ހުށަހަޅަން  ވަކީލުންނަށް ލިބުނީ ދޮޅުގަޑިއިރެއްހާއިރު ކަން ފާހަގަ ކުރައްވާ އެ ބަޔާނުގައި ބުނެފައި ވަނީ އެއީ އެކަށީގެންވާ ވަރުގެ ވަގުތެއް ނޫން ކަމަށެވެ.
 
 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ