ބޭސްފަރުވާ ހޯދުމަށް ޓަކައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެ އިން ބޭރަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާއި ބެހޭ ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ވަނީ ރޭ ގާސިމްގެ ޣައިރު ހާޟިރުގައި އޭނާގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާގެ މައްޗަށް މިހުކުމް އިއްވާފައި ވަނި ރައްޔޮތުނެގ މަޖިލީހުގެ ރައީސް އަބްދުﷲ މަސިހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރާ މެންބަރުން ދެން އަންނަ ދައުރުގައި ވެސް ހޮވައިދޭނެ ކަމަށް ބުނެ ރިޝްވަތު ހުށަހެޅި ކަމަށް ދޭހަވާ އިބާރާތަކުން ވާހަކަދައްކަވައިފައި ވާތީއެވެ.
ކްރިމިނަލް ކޯޓުން ބުނީ ގާސިމްގެ މައްޗަށް މިފަދައިން ދައުވާ އުފުލިފައިވާ ނަމަވެސް އެއީ ގާސިމަށް ފަރުވާ ލިބުމަށް ހުރަސް އެޅޭ ކަމަކަށް ވެގެން ނުވާނޭ ކަމަށެވެ.
ބޭސްފަރުވާއަށް ގާސިމް ބޭރަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ