“މިސަރުކާރުން ކުރިޔަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް.” – އަބްދުﷲ

ފޮޓޯ: ހަވީރު“މިސަރުކާރުން ކުރިޔަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް.” މަދަނީ އިއްތިހާދުގެ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަދި މިހާރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މުހައްމަދު  އެބޭފުޅާގެ ފޭސްބުކްގެ ސްޓޭޓަސްގައި ލިޔުއްވާފައިވަނީ “މިސަރުކާރުން ކުރިޔަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް. އިސްލާހުކުރަންޖެހޭކަމެއްވާނީ އިސްލާހުކުރަން. އޭރުވެސް، މިހާރުވެސް އަދި މާދަމާވެސް ބަހާއި ޢަމަލާ ދިމާނުވަންޏާ ރައްޔިތުންގެ ނަފުރަތު އިތުރުވާނެ.” ކަމަށެވެ.އަބްދުﷲ މުހައްމަދަކީ މިދިޔަ ސަރުކާރުގެ ދީނީ ކަންތައްތަކާއި މެދު އެންމެ ބޮޑަށް އަޑު އުފުލި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ