ސްކޫލް ކުދިންގެ ލަވަ މުބާރާތާ ދެކޮޅަށް ޝުޢޫރުފާޅުކުރަން ފަށައިފި

އިސްކަންދަރު ސްކޫލް – ދިއިސްލާމް ފޮޓޯ : މުޙައްމަދު އާދަމް (އުޑޭ)ސްކޫލް ކުދިންގެ ލަވަ މުބާރާތް ބޭއްވުމާ ދެކޮޅަށް ޒުވާނުންތަކެއް ސޯޝަލް ނެޓްވޯކްތަކުގައި ޝުޢޫރުފާޅުކުރަން ފަށައިފިއެވެ.ޓީވީއެމްއިން ބާއްވާ ސްކޫލު ކުދިންގެ ލަވަ މުބާރާތް 2006 ގައި ބޭއްވުމަށްފަހު އޭގެ ފަހުގެ އަހަރުތަކުގައި ނުބާއްވައި އަނެއްކާވެސް މިމަހު ފެށުމަށް ތައްޔާރުވަމުންދާތީ އެފަރާތްތަކުން ބުނަމުންދަނީ އެމުބާރާތް ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި އިސްލާމްދީނުގައި މިއުޒިކާއެކު ލަވަކިއުމަކީ ޙަރާމް ކަމަކަށްވާއިރު އިސްލާމީ މުޖުތަމަޢެއްގައި އެފަދަ ޝައިޠާނީ ކަންކަމަށް ހިތްވަރުދީ އެކަން ހިނގިޔަ ދީގެން ނުވާނެ ކަމަށެވެ. އެގޮތުން އެމުބާރާތް ހުއްޓުވުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީއަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އޭގެ އިތުރުން، “ވީޓީވީ ސްކޫލް ކުދިންގެ އައިކަން”ގެ ނަމުގައި އެޓީވީންވެސް މިއުޒިކާއެކު ލަވަ މުބާރާތެއް މިމަހު ބޭއްވުމަށް ތައްޔާރުވަމުންދާތީ އާންމުންގެ ބައެއް ފަރާތްތަކުން ދަނީ އެކަން ކުށްވެރިކޮށް އެފަދަ މުބާރާތެއް ބާއްވައިގެން ނުވާނެ ކަމަށް ގޮވާލަމުންނެވެ. ފޭސްބުކްގައި ލަވަ މުބާރާތާ ދެކޮޅަށް ހަދާފައިވާ ގްރޫޕްގައި ވަނީ އިސްލާމްދީނުގައި މިއުޒިކް ޙަރާމްވެގެންވާކަމުގެ ދަލީލުތައް ބަޔާންކޮށް ދީނީ ޢިލްމުވެރިން ދެއްވާފައިވާ ދަރުސްތަކުގެ ވީޑިއޯއާއި ޢިލްމުވެރިންގެ ލިޔުންތައް ޕޯސްޓްކޮށްފައެވެ.މިއުޒިކާއި، ފާޙިޝް ލަވަކިޔުމަކީ ކަނަޑައެޅިގެން އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއްކަން ޤުރުއާނާއި ސުންނަތުގެ އަލީގައި ހަތަރު މަޒުހަބުގެ އިމާމުންނާއި، ކުރީގެ އަދި ފަހުގެ ބޮޑެތި ޢިލްމުވެރިން ދަނީ ބަޔާންކުރައްވަމުންނެވެ. އަދި ރާއްޖޭގެ ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީއާއި މިހާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން، ރާއްޖޭގައި ތިއްބެވި އިތުބާރުހުރި ހުރިހާ ދީނީ ޢިލްމުވެރިން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ބަޔާންކުރައްވާފައި ވެއެވެ. ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މިއުޒިކް ޝޯތަކާއި، މިއުޒިކާއެކު ބާއްވާ ފާޙިޝް ލަވަ މުބާރާތްތަކުގެ ސަބަބުން މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދި ހަޑިހުތުރު ނުބައި ޢަމަލުތަކަށް މަގުފަހި ކުރެއެވެ. ރާއްޖޭގައި ބާއްވާ މިފަދަ ޝޯތަކާއި މުބާރާތްތަކުގެ ސަބަބުން ހަމަނުޖެހުން އުފެދި، މާރާމާރީ ހިންގުމާ ހަމައަށް ވެސް ބައެއް ފަހަރު ގޮސްފައި ވެއެވެ. މިއުޒިކާއި ފާޙިޝް ލަވަކިޔުމަކީ ޙަރާމް ކަމެއް ކަން އެނގި، އެކަމުގެ ހުރި ނުބައިކަން ވިސްނިގެން ރާއްޖޭގެ ކުރީގެ ބައެއް މަޝްހޫރު ލަވަކިޔުންތެރިން ވަނީ އެދާއިރާ އެއްކޮށް ދޫކޮށްލާފައެވެ. އެގޮތުން ޢަލީ ރަމީޒް، އައިމިނަތު ޝާނީ، ޢަބްދުލްބާރީ، އިބްރާހީމް ރަމީޒް، މޫސާ ޝިފާޢު (ޓްރިއޯ)، ޢަބްދުﷲ ވަހީދު ފަދަ މީހުން ވަނީ ދެން ދުވަހަކުވެސް މިއުޒިކާ ދާއިރާގައި ހަރަކާތްތެރިނުވާނެ ކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.ފޭސްބުކް ގްރޫޕް ލިންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ