ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހައްޔަރުކޮށްފި

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މިއަދު އޮންނަ އަޑުއެހުމަކަށް ހާޒިރު ކުރުމަށް، ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ފަހުމީ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކައުންސިލަރު ހުސެއިން ފަހުމީ މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފަހުމީ ހައްޔަރު ކުރީ މިއަދު މެންދުރު 2:00ގައި އޮންނަ ޝަރީއަތަށް ހާޒިރު ކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފަހުމީގެ އިތުރުން މޭޔަރު އަބްދުﷲ ސޯދިގާއި މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީގެ މައްޗަށް ދައުވާ ކުރަނީ ބިމެއްގަ މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ