ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ދިހަ ދުވަސްތެރޭ ފޮނުވުމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މި ސިޓިގައި ބުނެފައިވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިހާތަނަށް ބާއްވާފައިވާ ހުރިހާ ޖަލްސާތަކުގެ ޔައުމިއްޔާ އާއި ޕީޖީ ގްރޫޕްގެ މެންބަރުން ވޯޓް ދެއްވި ގޮތާއި ޙާޟިރީއާއި ނިންމި ކަންކަން އެނގޭގޮތަށް ޔައުމިއްޔާތައް 10 ދުވަހުގެ ތެރޭގައި ފޮނުވުމަށެވެ.
ރިޔާސީ ޓިކެޓްގެ މައްސަލަ އާއި ބިޑް ކުރުމެއް ނެތި ޓޫރިޒަމްގެ ބޭނުންތަކަށް ރަށްރަށާއި ބިންތަކާއި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ފާސްކުރެއްވި އިސްލާހަށް ފަހު ޕީޕީއެމްގެ ތެރޭގައި ވަނީ ބޮޑު ހިޔާލްތަފާތުވުންތަކެއް އުފެދި ބައިބައިވެފައެވެ.
ރައީސް މައުމޫން ވާނީ ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.
ދިހަ ދުވަސްތެރޭ ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ފޮނުވުމަށް މައުމޫން ނިހާނަށް ސިޓީއެއް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ