ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވާ ހިނގި ހާދިސާގެ އެންމެ ފުންމިނަށް ވާސިލްވުމަށް ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ދެމިހުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމުން އެމަނިކުފާނަކީ ގައުމަށް ވަރަށް އިޚްލާސްތެރި ބޭފުޅެއްކަން ސާބިތުވެގެން ހިނގައްޖެ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ލޯންޗްކޮޅުގެ ހާދިސާގެ ތަފްސީލް ދެއްވަމުން ޒުހޫރު ވިދާޅުވީ ހިތާމައިގެ މިވަގުތު ބައެއް ފަރާތްތަކުން އެކަމުގެ ނާޖާއިޒް ފައިދާ ނަގާ ގައުމު ބައިބައިކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް މިފަދަ މުހިއްމު ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނަންގަވާފައިވަނީ "ތައުރީފް ހައްގު ސުޓޭންޑެއް" ކަމަށްވެސް ޒުހޫރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ ވަގުތުތަކަކީ އެންމެން އެކުގައި މަސައްކަތްކޮށް ގައުމުން ބިރުވެރިކަން ނައްތާލަންވީ ވަގުތު ކަމަށާއި އެކަން ކުރަންވީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަައި ކަމަށެވެ.
ގާސިމް އިބްރާހިމަކީވެސް އަމިއްލަ ސިޔާސީ ޕާޓީއަކާއި، ވަކި ސިޔާސީ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށާ ނަމަވެސް ރައީސް ދެއްވި ދައުވަތު ގަބޫލުކުރައްވާ ސަރުކާރަށް ކުރިމަތިވެފައިވާ މިވާ ދަތި އުދަގޫ ވަގުތުގައި ސަރުކާރަށް އެއްބާރުލުން ދެއްވަން ގާސިމް ނިންމެވީތީ އެކަން ޝުކުރުވެރިކަމާއި އެކު ފާހަގަކުރާކަމަށް ޒުހޫރު ވިދާޅުވި އެވެ.
ރިޔާސީ ލޯންޗްކޮޅުގައި ހިނގާދިޔަ ހާދިސާގެ ތަފްސީލް ހާމަކުރުމަށް މަޖިލީހުގެ ބައެއް މެންބަރުންނާއި އެކު ރައީސް އަބްދުﷲ ޔާމީން ބޭއްވެވި ބައްދަލްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޖޭޕީގެ ޕީޖީ ގުރޫޕަށް ވަނީ ދައުވަތު ދެއްވާފަ އެވެ.
މި ދައުވަތު ގަބޫލުކުރައްވާ ގާސިމްއާއި ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރުން މުލިއާގެއަށް ވަޑައިގެންފައިވާއިރު ގާސިމް ވަނީ އެމަނިކުފާނު ހުންނެވީ ސަރުކާރާއި އަދި ދިވެހި ރައްޔިތުންނާ ވެސް އެކުގައި ކަމަށް ވިދާޅުވެފަ އެވެ.
ގާސިމް ދައްކަވަނީ ނަމޫނާ މިސާލެއް: ޒުހޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ