1،500 އަށް ވުރެ ގިނަ އާންމު ރައްޔިތުން ޔަމަނު ހަނގުރާމައިގައި މަރުވެފައިވޭ - އދ

ޔަމަނަށް ދެމުންދާ ހަމަލާތަކުގައި 1،500 އަށްވުރެ ގިނަ އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކާ ބެހޭ އދ ގެ ހައި ކޮމިޝަނަރު ވިދާޅުވެއްޖެއެވެ.
މާރިޗު 27 އިން ފެށިގެން ޔަމަނުގެ ކުށެއްނެތް އާންމު ރައްޔިތުންގެ ތެރެއިން 1،500 މީހުން މަރުވެފައިވާއިރު 3،600 މީހުން ޒަޚަމްވެފައިވާ ކަމަށް އދ އިން ބުނެއެވެ.
ޔަމަނުގައި ހަމަނުޖެހުންތައް ފެށިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު، ޙޫޠީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަންޢާ ހިފުމާ ގުޅިގެންނެވެ. ޔަމަނު ޙޫޠީން ފައްސާލުމަށްޓަކައި ސަޢުދީ އަރަބިއްޔާ އިސްވެ އޮވެ އުއްފައްދާފައިވާ އިއްތިހާދުން އަންނަނީ، މިއަހަރު ކުރީ ކޮޅުން ފެށިގެން ޔަމަނަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
މީގެ އިތުރުން މީގެ އެއް މަސް ކުރިން ޔަމަނުގައި އިންސާނީ ކަންކަން ބަލަހައްޓަމުންދާ އދގެ ކޯޑިނޭޓަރު ޖޯނަސް ވޭން ޑަރ ކްލާއޫ ވިދާޅުވެފައިވަނީ ޔަމަނުގެ ދާޚިލީ ހަމަނުޖެހުންތައް ވަރުގަދަ ވާންފެށިފަހުން އެއިރާ ހަމައަށް ޖުމްލަ 1600 އެއްހާ މީހުން މަރުވެ 6200 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ކްލާއޫ ވިދާޅުވި ގޮތުގައި ވައިގެ ހަމަލާތަކާއި އެއްގަމުން ދިން ހަމަލާ ތަކުގެ ސަބަބުން 4.5 ލައްކަ މީހުން ވަޒަންވެރިވެފައިވާ ތަން ދޫކޮށް ދާން ޖެހިފައިވެއެވެ.
އދ ސެކްރެޓަރީ ޖެނަރަލް ބަން ކީމޫން ވަނީ ރަމަޟާން މަހުގެ ތެރޭގައި ޔަމަނުގެ ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލާފައެވެ.
ޔަމަނުގެ އެކި ހިސާބުތަކަށް އަތްގަދަ ކޮށްގެން އުޅޭ ހޫތީން ފައްސާލުމަށް ކަމަށް ބުނެ ސަޢުދީ އިން އިސްވެ އޮވެ ޔަމަނަށް ހަމަލާ ދޭން ފެށީ 25 މާރޗު 2015 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ