ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް ފަށައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ފެށުނު މިމުބާރާތުގައި ޖުމްލަ 11 ސްކޫލަކުން 117 ކުދިން ބައިވެރިވެފައިވާ ކަމަށް ޓީޓީއޭއެމްއިން މައުލޫމާތު ދެއެވެ.
މިމުބާރާތް ކުރިއަށްދަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެ އުމުރުފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 16 އަހަރުން މަތީގެ އުމުރު ފުރާއެވެ. ސިންގަލްސް އަދި ޓީމް އިވެންޓް ބައި ވެސް ކުރިއަށްދާނެ ކަމަށް ޓީޓީއޭއެމްއިން މައުލޫމާތު ދެއެވެ.
މިއަހަރުގެ މުބާރާތުގައި ސެންޓަރ ފޯ ހަޔަރ ސެކެންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާއި، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި، ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލްއާއި، އިސްކަންދަރު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، ކަލާފަނު ސްކޫލާއި، ތާޖުއްދީން ސްކޫލާއި، ހިރިޔާ ސްކޫލް އަދި މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލުން ބައިވެރިވެފައިވެއެވެ.
މިމުބާރާތުގެ މެޗުތައް ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ރޭގަނޑު 8:45 އަށް ކުރިއަށްދާއިރު، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މެޗުތައް ކުރިއަށްދާނެ އެވެ.
އިންޓަ ސްކޫލް ޓީޓީ މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ