އިރުޝާދިއާ ސްކޫލް ބޮޑު ތަފާތަކުން ފޭދޫ ސްކޫލް ބަލިކޮށްލައިފިއެވެ.
މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ފޭދޫ ސްކޫލާއި އިރުޝާދިއާ ސްކޫލް ބައްދަލު ކުރިމެޗް 12-1 ލަނޑުން އިރުޝާދިއާ ސްކޫލް ކާމިޔާބު ކޮށްފި އެވެ.
އިރުޝާދިޔާ ސްކޫލަށް ފުރަތަމަ ލަނޑު ޖަހާދީފައި ވަނީ އެ ސްކޫލްގެ ހަސަން އައިކު އެވެ. މިއަދުގެ މެޗްގައި އިރުޝާދިއާ ސްކޫލުން ޖެހި 12 ލަނޑުގެ ތެރެއިން 7 ލަނޑު ޖަހާދިނީ އެ ސްކޫލުގެ ލޫތު އައްބާސް އެވެ. އަދި އަނެއް 3 ލަނޑު ޖަހާދިނީ ހުރިހާ މެޗްތަކެއް ގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުސެއިން އައިކް އެވެ. އަނެއް ދެލަނޑު އެ ސްކޫލަށް ކާމިޔާބު ކޮށްދީފައިވަނީ މުޙައްމަދު ޝާކީ އާއި މުޙައްމަދު އަރުހަމް ޝާހިރު އެވެ.
ހިތަދޫ ސްކޫލުން ޖެހި ހަމައެކަނި ލަނޑު ޖަހާދިނީ އެ ސްކޫލުގެ ހަސަން ޝިޔާހު ހާދީއެވެ. މިއީ މިމުބާރާތުގައި އިރުޝާދިއާ ސްކޫލުން ހޯދި 4 ވަނަ ކާމިޔާބީއެވެ.
މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އަތޮޅު މަދަރުސާ އާއި ޝަރަފުއްދީން ސްކޫލެވެ.
އިރުޝާދިއާ ސްކޫލް ބޮޑު ތަފާތަކުން ފޭދޫ ސްކޫލް ބަލިކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ