ރައީސް މުހައްމަދު ވަހީދާ އެކު ކޯލިޝަން
ހަދަން ޑީއާރުޕީން ނިންމުމުން މަރުހަބާ ވިދާޅުވާ ކަމަށާއި ނަމަވެސް ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ، ރައީސް ވަހީދުގެ ރަނިން
މޭޓަކަށް ހައްދަވާނަމަ، ކޯލިޝަންގައި ދެމިހުރުމާ މެދު ވިސްނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި
ވާހަދަކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ރައީސް
ވަހީދާ އެކު ކޯލިޝަން ހައްދަަވަން ޑީއާރުޕީން ނިންމުމާ ގުޅިގެން، ކުރިން
އެ ޕާޓީގެ ކުރީގެ ނައިބު ލީޑަރުކަމާއި ޕީޕީއެމްގެ ޕްރައިމަރީ
ނާކާމިޔާބުވެވަޑައިގަތް އުމަރު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި
ކޯލިޝަންގައި ގިނަ ބަޔަކު ބައިވެރިވުން މުހިންމު ކަމަށެވެ. "އެގޮތުން
ތަސްމީނު ވެސް ކޯލިޝަންގައި ބައިވެރިވުމަކީ މައްސަލައެއް ނޫން،"
ޕީޕީއެމްގެ ޕްރައިމަރީ އަށް ފަހު އެ ޕާޓީން ވަކިކުރި އުމަރު ވިދާޅުވި އެވެ. ވަހީދުގެ ރަނިންމޭޓްކަން ތަސްމީނަށް ދެއްވާނަމަ،
ކޯލިޝަނާއެކު ކުރިއަށް ވަޑައިގަތުމުގެ ކުރިން ސަޕޯޓަރުންނާ އެކު މަޝްވަރާ
ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. "ތަސްމީނަށް ރަނިން
މޭޓްކަން ދެއްވާ ނަމަ އަޅުގަނޑު އެކަމާ ވިސްނައި، ސަޕޯޓަރުންގެ ބަސް
ހޯދާނަން. އޭގެ ފަހުން ގޮތެއް ނިންމާނީ،" އެމްޑީޕީއާއެކު ތަސްމީން ޑީލް ހައްދަވައި އަދި ޖީއެމްއާރުން
ރިޝްވަތު ނަންގަފާއިވާ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވައި ވާހަކަ ދެއްކެވި
އުމަރު ވިދާޅުވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ތަސްމީނާ ދެމެދު މައްސަލަތައް ބޮޑުވަމުން ގޮސް ޒެޑް-ޑީއާރުޕީ އުފައްދަވައި، އޭގެ ފަހުން ޕީޕީއެމް ވެސް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެއްބޭފުޅަކީ އުމަރެވެ.
ތަސްމީނަށް ރަނިން މޭޓްކަން ދޭނަމަ ކޯލިޝަނުގައި ހުރުމާމެދު ވިސްނަންޖެހޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ