ކުރީގެ ރައީސް މައުމޫން އީދު ސަލާމް ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާންމުންނާ އީދު ސަލާންކުރައްވައިފި އެވެ.މައުމޫން އީދު ސަލާމްކުރެއްވުން ބޭއްވީ މިއަދު ހެނދުނު 10:30 އިން 12:30 އަށް ނަސަންދުރާ ޕެލަސް ހޮޓެލްގަ އެވެ.ޕީޕީއެމްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި މައުމޫނާ އީދު ސަލާމްކުރެއްވުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި މައުމޫން ސަރުކާރުގެ ވަޒީރުންގެ އިތުރުން ދައުލަތުގެ ބައެއް އިއްޒަތްތެރިންނާއި އާންމުންގެ ގިނަ ބަޔަކު ވަޑައިގެންނެވި ކަމަށް ޕީޕީއެމްގެ ތަރުޖަމާން އަހްމަދު މަހްލޫފް ވިދާޅުވި އެވެ.މައުމޫނާ ސަލާމްކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ސެއިޚް މުހައްމަދު ޝަހީމް ވެސް ވަޑައިގެންނެވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.މައުމޫންގެ އީދު ސަލާމްކުރެއްވުމުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިން މޭޓް ޑރ. އަބްދުﷲ ޖަމީލްގެ އިތުރުން އެޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ