މައްސަލައެއްގެ ތުހުމަތުގައި ހޯދާ މީހެއްގެ މައުލޫމާތު އާއްމުކޮށްފި

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން އަންނަ މީހެއްގެ ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ މީހަކީ ޅ. ނައިފަރު، މިސްކިތްދޮށުގޭ، އަހުމަދު އިބްރާހިމް 37، ކަމަށެވެ. ނަމަވެސް އެމީހާ އަކީ ކޮން ކަހަލަ ކުށެއްގެ ތުހުމަތުގައި ހޯދަމުން އަންނަ މީހެއް ކަމެއް ފުލުހުންނެއް ނުބުނެ އެވެ.
ބަލަމުން އަންނަ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން އަންނަ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ފުލުހުންގެ އިދާރާއަށް އަންގައި ދިނުމަކީ ފުލުހުންގެ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ