ހާއްސަ އިނާމުގެ މަތީ ވަނަ ހޯދާ ގިންތީގެ ޝަރުތަކަށް ބަދަލު ގެނެސްފި

މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދައިގެން ގައުމީ އިނާމު ދިނުމުގައި ބަލާ ޝަރުތުތަކަށް ބަދަލު ގެނެސް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ހާއްސަ އިނާމާ ބެހޭ ކޮމިޓީން އެ ގިންތި އަށް ބަދަލު ގެނައީ ފުރުސަތު އިތުރަށް ފުޅާކުރުމަށްޓަކައި ކަމަށެވެ. މިހާރު ހަމަޖައްސާފައިވާ ގޮތުން ކޯހުގެ ކޮންމެ މާއްދާއަކުން ނުވަތަ މޮޑިއުލަކުން އެންމެ މަތީ ދަރަޖަ ލިބިފައިވުން ކަމަށް އޮންނަ ޝަރުތު މިހާރު ވަނީ އުނިކޮށްފަ އެވެ.
މި ގިންތި އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ކުރިން ކުރިމަތިލާފައިވާ ފަރާތްތަކުން އަލުން ކުރިމަތިލާކަށް ނުޖެހެ އެވެ.
މި ގިންތީގެ ޝަރުތުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ