މަސީހުގެ ދާއިރާއިން ވެސް އޭނަ ފެއިލްވެއްޖެ: މެމްބަރު އަމީތު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނިސްބަތްވެވަޑައިގަންނަވާ ދާއިރާއިން ސަރުކާރު ނާކާމިޔާބުވެފައިވާއިރު މަސީހުގެ އިސްތިއުފާ ދެއްވުމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ގޮވާލައްވައިފި އެވެ.
ކައުންސިލް އިންތިޚާބާއި ގުޅިގްނ އަމީތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާއިންނާއި ދިވެހި ރައްޔިތުންވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ނިންމާފައިވަނީ މަޖިލީޙުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން މަސީޙު އިސްތިއުފާ ދެއްވުމަށް އަމީތު ވަނީ ގޮވާލައްވާފައެވެ.
މަސީހު މަޤާމުން އިސްތިއުފާ ދެއްވުމަށް އަމީތު ގޮވާލައްވާފައި މިވަނީ ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓް ގްރޫޕުން މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށް މަސީހު ހޮވިވަޑައިގެންނެވީ ޕީޕީއެމް ޓިކެޓްގައެވެ. އަދި މަޖިލީހުގެ ރައީސްގެ ގޮތުގައި މަސީހު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށް މަސީހުގެ ރިޔާސަތުގެ ދަށުން އެކަށީގެން ފުރުސަތެއް ނުލިބޭކަމަށް ބުނެ، ބައެއް މެންބަރުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ހުށަހެޅި އެވެ.
ނަމަވެސް އެ އެދުވަހު ވޯޓު ނެގީ، ރިޔާސަތުގައި މަސީހު އިންނަވައިގެން އިދިކޮޅު ގިނަ މެންބަރުންތަކެއްގެ ނަން އިއްވައި މަޖިލީހުގެ ތެޅުމުން ބޭރުކުރުމަށްފަހު އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަސީހު ވަކިކުރަން ފަށާފައިވާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި، އެކަން ހުއްޓާލާނީ ވޯޓު ކާމިޔާބު ކުރުމަށްފަހުގައި ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ