ފީނަން ގޮސް އުޅުނު މީހަކު މަރުވެއްޖެ

ގދ. ގައްދޫ ދޯންޏަކުން އެން ދަމަން ފައިބާ އުޅުނު މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ގދ. ގައްދޫ ދޯންޏަކުން އެން ދަމަން ފައިބާ އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނަކު އަޑީގައި ހަރަކާތެއް ނެތި ހުއްޓިފައި ވަނިކޮށް އެކުގައި ޑައިވް ކުރަން އުޅުނު މީހުންނަށް ފެނިގެން ގައްދުއަށް ގެންދިޔަ ކަމުގެ މައުލޫމާތު ހޯމަ ދުވަހު 15:55 އެހާކަން ހާއިރު ފުލުހުންނަށް ލިބިެފައި ވާކަމަށެވެ.
އެމީހާ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ