އދ. މާމިގިލި ރައްޔިތުން ރައީސް އަބްދުﷲ ޔާމިން ލަނދުގަންނަވާލާފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.
އަލީ ސޯލިހް މިހެން ވިދާޅުވީ ރައީސް ޔާމިން މިއަދު މާމިގިއްޔައް ވަޑައިގަތުމުން އެރަށް ރައީސްއަށް މަރުހަބާ ކިއުމަށް މަދުބަޔަކު ނިކުތުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
އަލީ ސޯލިހް ވިދާޅުވީ، ޔާމިން މާމިގިއްޔަ އަރައިވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރަށުން ބޭރުން އެރުވި ބައެއް ކަމަށާއި ރައީސް ޔާމިން ބޮލާފޮށާއެޅުގެން އެންމެ ފަހުން މާމިގިލި ދޫކޮށް ރަށުން ފޭބީ ކަމަށެވެ. އަދި މާމިގިލި ރައްޔިތުން މިއަދު ދެއްކެވި ހިއްވަރަށް ޝުކުރު ދަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއެކު ތިއްބެވުމަށް އަލީ ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.
މާމިގިއްޔަކީ، ގާސިމް އިބްރާހީމްގެ އުފަން ރަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް ގާސިމް ތަމްސީލްކުރައްވާ ދާއިރާ އެވެ. އއ. އަދި އދ. އަތޮޅުގައި ގާސިމަށް ތާއީދު ބޮޑު އިރު، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ނަތީޖާ ނެރެދީފައި ވަނީވެސް އެމަނިކުފާންގެ ވިސްނުމާ އެއްގޮތަށެވެ.
މާމިގިލި ރައްޔިތުން ރައީސް ޔާމިން ލަނދުގަންނަވާލައިފި: އަލީ ސޯލިހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ