ރ. އަތޮޅާއި ގދ. އަތޮޅާ ދެމުދުގެ ރަށްތަކަށް މޫސުން ގޯސްވާނެ: މޫސުމާއިބެހޭ އިދާރާ
ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަަމައަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން މިއަދު ނެރުނު ވައިޓް އެލާޓްގައި ބުނެފައި ވަނީ މިއަދު މެންދުރު 2:30 ވަންދެން ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަަމައަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަަށެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ. މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގާފައިވެއެވެ. މޫސުމާ ބެހޭ އިދާރާއިންނާއި ފުލުހުނާއި ސިފައިން ވެސް ވަނީ މޫސުމަށް ސަމާލުކަންދީގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ