ކެޔޮދޫ އަތޮޅު ރައްޔިތުން މިނިސްޓަރ މުނައްވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި

ވ. އަތޮޅު ރައްޔިތުންގެ ފަރާތުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.މިނިސްޓަރ މުނައްވަރު ވ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިންނެވެ. މި ދަތުރުގެ ތެރެއިން މިނިސްޓަރ މުނައްވަރު ވަނީ ވ. އަތޮޅު ކެޔޮދޫއަށް ވަަޑައިގެން ކެޔޮދޫގެ ޕީޕީއެމް "އޯކޭ" ޖަގަހަ ހުޅުވައި ދެއްވާފައެވެ.ކެޔޮދޫގައި ޕީޕީއެމްގެ އޯކޭ ޖަގަހަ ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރ ވަނީ ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ކުރައްވައި، އެ ފަރާތްތަކުގެ ހާލަތު ބައްލަވާފައެވެ. އަދި ކެޔޮދޫއަށް ވަޑައިގެންނެވި ޓީމުން އެ ރަށުގެ ގެތަކަށް ޒިޔާރާތްކޮށް، ޑޯޓުޑޯ ހަރަކާތްތައްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.މި ދަތުރުގެ ތެރެއިން މިނިސްޓަރ މުނައްވަރު ވަނީ ކެޔޮދޫގައި ކުރިޔަށްދިޔަ ވޮލީ މުބާރާތްވެސް ބައްލަވާލައްވަފައެވެ. އަދި މި މުބާރާތުގެ ވަނަވަަނަ އަށް ދިޔަ ފަރާތްތަކަށް މިނިސްޓަރ ވަނީ އިނާމު ހަވާލު ކޮށްދެއްވާފައެވެ.މި މުބާރާތަށްފަހު، މިނިސްޓަރ ވަނީ އެ ރަށުގެ ޒުވާނުންނާއި ބައްދަލު ކުރެއްވުމަށްފަހު، ޒުވާނުންގެ ހާލަތު ބައްލަވައި، ޒުވާނުން ބޭނުންވާ ކަންކަން އޮޅުން ފިލުވާފައެވެ. ޒުވާނުންނާއި މުހާތަބު ކުރައްވާ މިނިސްޓަރ މުނައްވަރު ވިދާޅުވީ، މި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވ. އަތޮޅަށް 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ޔާމީންގެ ޒައާމަތުގައި ހަރަދުކުރައްވާފައިވާ ކަމަށެވެ.އެހެން ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވ. އަތޮޅަށް ހަރަދު ކުރައްވާފައިވަނީ އެންމެ 7 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޒުވާނުންގެ އިތުރުން ވ. އަތޮޅުގެ އަންހެން ކަނބަލުންނާއިވެސް މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ވ. އަތޮޅަށް ޒިޔާރަތްކުރި ޓީމުގެ ބައިވެރިން ވަނީ އެ އަތޮޅުގެ ފެލިދޫއަށް ވެސް ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ