8 ގަޑިއިރަށް ފަހު ތިމަރަފުށްޓަށް ކަރަންޓު ލިބިއްޖެ

8 ގަޑިއިރަށް ފަހު ތ.ތިމަރަފުށްޓަށް ކަރަންޓު ލިބިއްޖެ އެވެ.
ވަން އޮންލައިން އަށް މައުލޫމާތުދެމުން ތިމަރަފުށީ ކައުންސިލަރ އަހުމަދު އިބްރާހީމް ވިދާޅުވިގޮތުގައި އެރަށުން މިއަދު ހެނދުނު 8:30 ހާއިރު ކަރަންޓު ކެނޑުނީ އިންޖީނުގޭގެ ރޭޑިއޭޓަރ އަށް ދިމާވި ކުޑަ މައްސަލައަކާއި ގުޅިގެންނެވެ.
ކައުންސިލާ އަހުމަދު ވިދާޅުވީ މައްސަލަ ހައްލުކުރެވި ރަށަށް އަލުން ކަރަންޓު ލިބިފައިވަނީ މިއަދު ހަވީރު 5 ޖަހާކަންހާއިރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ