މަޑަވެއްޔާއި ހޯޑެއްދުއަށް އެއް ވިއުގައަކުން ކަރަންޓް ފޯރުކޮށްދޭން ނިންމައިފި

ގދ. މަޑަވެއްޔާ އަދި ހަމަ އެ އަތޮޅު ހޯޑެއްދުއަށް އެއް ވިއުގައަކުން ކަަރަންޓް ފޯރުކޮށްދިނުމަށް ނިންމައިފި އެވެ. ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަރާ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާން ވެސްކޮށްފަ އެވެ. ފެނަަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "ސަން" އަށް ވިދާޅުވީ އެ ދެ ރަށަށް ކަރަންޓް ދޭނީ ހޯޑެއްދޫގައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ތެރެއިން ކަމަށެވެ. "އެންމެ ޒަމާނީ ހައިބްރިޑް ސިސްޓަމެއް ހޯޑެއްދޫގައި ގާއިމްކުރާނަން. އޭގެއިން ދެ ރަށަށް ވާ ވަރަށް ކަރަންޓް ފޯރުކޮށްދެވޭނެ. ދެން ހައިބްރިޑް ސިސްޓަމެއް ވީމާ 30 ޕަސެންޓް ސޯލާ ޕަވާއިން ކަރަންޓް އުފެއްދޭނެ." ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިއަށް އޮތް ދެ މަސްތެރޭ ބަޔަކާ ހަވާލުކުރެވޭ ވަރު ވާނެ ކަމަށެވެ. ފެނަކައިން ބުނީ އެ ޕްރޮޖެކްޓަށް ބިޑު ހުށަހެޅުވުމަށް ހަމަޖެހިފައި ވަނީ 25 އެޕްރީލް ވަނަ ދުވަހު ކަމަށެވެ. އަދި އެ ޕޮރޮޖެކްޓަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ބަހައްޓަން ޖެހޭނެ ކަަމަށް ފެނަކައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ