ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޑުއްވަރީ ދާއިރާއަށް އިންތިހާބުކުރަން ސަރުކާރުން ބޭނުންވަނީ ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެ މެމްބަރެއްކަމަށާއި އެ މެމްބަރަކީ މެމްބަރު އަމީތުކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
މެމްބަރު އަމީތު މިހެން ވިދާޅުވީ ރޭ މީދޫގައި ކުރިއަށްދިޔަ އެ މަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރާއި ވަކިވެގެންދާނެ އެއްވެސް ހާލަތެއް ނާންނާނެކަމަށާއި އެކަމުގެ ޔަޤީންކަން އެންމެ ބޭފުޅުންނަށް އަރުވާކަމަށެވެ. ހަމައެއާއިއެކު ދާއިރާގެ ތަރައްޤީއަށް ސަރުކާރާއި ގުޅޭ މެމްބަރަކު ހޮވަން ޖެހޭކަމަށްވެސް މެމްބަރު އަމީތު ވިދާޅުވިއެވެ.
މީގެ އިތުރުން ތަރައްޤީގެ ވާހަކަދައްކަން ޖެހޭނީ ތަރައްޤީގެ ވިސްނުން ހުންނަ މީހުންކަމަށާއި ތަރައްޤީއޭ ކިޔައިގެން ހަމަ ދައްކާހާ ވާހަކައަކަށް މި ދާއިރާގެ ރައްޔިތުން ވޯޓު ނުދޭނެކަމަށް މެމްބަރު އަމީތު ވިދާޅުވިއެވެ. މީގެ އިތުރުން ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަކީ އެއްވެސް މީހެއްގެ އަމިއްލަ ޖީބުން ކުރެވޭނެކަންތައްތަކެއް ނޫންކަމަށާއި އެ މަނިކުފާނުވެސް ދާއިރާއަށް ތަރައްޤީ ގެނެސްދީފައިވާނީ މިނިސްޓްރީތަކުގެ ދޮރުތަކުގައި ޓަކި ޖަހާ ރައީސުލް ޖުމުޙޫރިއްޔާއާއި ހަމައަށްވެސް ގޮސްގެންކަމަށް އަމީތު ވިދާޅުވިއެވެ.
"މި ނިކުންނަނީ ދެންވެސް ސަރުކާރާއި ގުޅިގެން ދާއިރާއަށް ތަރައްޤީ ގެނެސްދިނުމަށްޓަކައި" އަމީތު ވިދާޅުވިއެވެ، އިތުރަށް ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ ސަރުކާރާއި އިދިކޮޅު މެމްބަރަކަށް ގޮނޑި ދީގެން އެ ބޭކާރުކޮށްލެވެނީ ފަސް އަހަރުކަމަށާއި ދާއިރާ ތަރައްޤީ ކުރެވޭނީ ސަރުކާރުގެ ތެރެއިންކަމަށެވެ.
އަމީތުގެ ވާހަކަފުޅުގައި އެ މަނިކުފާނުވަނީ އެ މަނިކުފާނު މި ދާއިރާގެ މެމްބަރުކަމާއި ހަވާލުވެވަޑައިގެންނެވި ދާއިރާގެ ހާލަތާއި މިހާރުގެ ހާލަތާއި ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.
ސަރުކާރުން ބޭނުންވަނީ ސަރުކާރާއި ގުޅޭނެ މެމްބަރެއް، އެ މެމްބަރަކީ އަޅުގަނޑު – މެމްބަރު އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ