ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އައިސީޔޫގައި

މާލެ-ހުޅުމާލެ ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.
ރޭ މެންދަމު 12:00 ހާއިރު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވީ ސައިކަލެއްގައި އިން 35 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުން ވިދާޅުވީ، ރޭ ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށެވެ. އަދި އޭނާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ އެކްސިޑެންޓް ހިނގީ ސައިކަލް ލޭނަށް ޕިކަޕެއް ވަނުމުން އެ ޕިކަޕު ހުރަސްކޮށް ކުރިއަށް އަރަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހިގެން ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެކްސިޑެންޓެއްވެގެން އަނިޔާވި އުމުރުން 35 އަަހަރުގެ މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ. އެފަދަ މައުލޫމާތު އެ ހޮސްޕިޓަލުން ހާމަނުކުރާކަމަށް އައްފާލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ