ދާއިރާގެ ރައްޔިތުންނަށް އިރުތިޝާމުގެ ހާއްސަ ޖާފަތެއްް

ދާއިރާގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ، އިރުތިޝާމް އާދަމް ހާއްސަ ފަރިކޮޅެއް ރޭ ކުރިއަށް ގެންގޮސްފިއެވެ.
ރޭ ހ. ރޯޒީ ލައިޓް ކަންމަތި އިރުތިޝާމްގެ ކެންޕެއިން ޖަގަހަ ކުރިމަތީގެ ބޭއްވި ހާއްސަ ހަފްލާގައި އިރުތިޝާމު ނިސްބަތްވަަ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން އިރުތިޝާމްއަށް ތާއިދޫ ކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ފަރިއްކޮޅުގެ ތެރެއިން ވަނީ ދައްމާނު ބޮޑުބެރު ގުރޫޕުގެ ހަރަކާތްތަކެއްވެސް ފެނިގެން ގޮސްފައެވެ.
އިރްތިޝާމް ގެ ކެންޕެއިން ހަރަކާތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިހާރު ކުރިއަށް ދަނީ، ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ، ޚިޔާލު ހޯދުމުގެ މަސައްކަތެވެ. އަދި ދާއިރާގެ އެކި ހިސާބުތަކުގައި، ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ ކަންކަންވެސް ވަނީ ފެށިފައެވެ.
ދާއިރު ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ، ޢިލްމީ އަދި ޤާބިލް ބޭފުޅަކީ، ކެނޑިޑޭޓު ނަމްބަރ އެކެއް، އިރުތިޝާމް އާދަމް އެވެ.
އިރުތިޝާމް ވަނީ ވޭތުވެދިޔަ 25 އަހަރު އެކި ރޮނގު ރޮނގުން ޤައުމަށް ޚިދުމަށްކުރައްވާފައެވެ. ރައީސް ޔާމީން ގެ ސަރުކާރުގައި، ހެލްތު މިނިސްޓަރ ކަމުގެ މަޤާމާއި، ޔޫތު މިނިސްޓަރ ކަމުގެ މަޤާމުވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.
ކުރިއަަށްއޮތް މަޖިލިސް އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އިތުރިޝާމް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަަވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ