ފެނަކަ އިން ފަސް ރަށަކަށް އާ އިންޖީނު ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުން ދޭ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފަސް ރަށަކަށް އާ އިންޖީނު ފޮނުވައިފިއެވެ.
އާ އިންޖީނު ފޮނުވާފައިވަނީ ލ. ގަމަށާއި ގއ. ވިލިނގިއްޔަށާއި ގދ. ތިނަދޫއަށާއި ތ. ގުރައިދޫ އަދި ލ. ފޮނަދޫއަށެވެ. އެގޮތުން ގުރައިދޫ އަދި ގަމަށް 800 ކިލޯވަޓްގެ ޖެނެރޭޓަރު ފޮނުވާފައިވާއިރު ވިލިނގިލި، ތިނަދޫ އަދި ފޮނަދުއަށް ފޮނުވާފައިވަނީ އެއް މެގަވަޓްގެ ޖެނެރޭޓަރެވެ.
ފެނަކައިން ބުނީ މިއީ ބައެއް ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަަލަ ހައްލުކުރުމަށާއި ރަށްރަށަށް ދެވޭ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ފެންވަރު ރަނގަޅުކުރުމަށް ފޮނުވި އިންޖީނުތަކެއް ކަމަށެވެ. މި ފަސް ރަށަށްވެސް އިންޖީނުތައް ފޮނުވާފައިވަނީ އިއްޔެއެވެ.
ފެނަކައިން ވަނީ ދާދި ފަހުން ދަނބިދޫ އިންޖީނުގޭގައިވެސް އާ އިންޖީނެއް އިންސްޓޯލްކޮށް ހިދުމަތްދޭން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ