ޖަލުން ފިލިތާ 50 އަހަރު ފަހުން ގައިދީއަކު ހޯދާ ހައްޔަރުކޮށްފި

މީގެ 50 އަހަރު ކުރިން އެމެރިކާގެ އޮހިއޯގެ ޖަލަކުން ފިލި ގައިދީއެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވެ އެންމެފަހުން އެގައިދީ ހައްޔަރު ކުރެވިއްޖެއެވެ.
ފިލައިގެން އުޅޭތާ 50 އަހަރު ފަހުން ހައްޔަރުކޮށްފައި ވަނީ މިހާރު އުމުރުން 79 އަހަރުގެ މީހެއް ކަމަށްވާ ފްރެންކް ފްރެޝްވޯޓާ ކިޔާ މީހެކެވެ.
ފްރެންކް ޖަލުން ފިލީ 1959 ވަނަ އަހަރުއެވެ. ފްރެންކް ހައްޔަރުކުރެވިފައި ވަނީ އިއްޔެ ފްލޮރިޑާގެ މެލްބަންގެ ގެއަކުން ވައްކަން ކުރި މައްސަލައެއްގައެވެ. ވައްކަމުގެ މައްސަލައިގައި ފްރެންކް ހައްޔަރުކޮށް އޭނާގެ މައުލޫމާތުތައް ޗެކް ކުރިއިރު އެނގިފައި ވަނީ އޭނާ އަކީ މީގެ 50 އަހަރު ކުރިން ޖަލުން ފިލި މައްސަލައެއްގައި ހޯދަމުންދާ މީހެކަމެވެ.
ފްރެންކް ޖަލުން ފިލީ 20 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުން ދަމުންނެވެ. ނަމަވެސް އޭނާ ތަންފީޒު ކުރަމުން ދިޔައީ ކޮންމައްސަލައެއްގައި އިއްވާފައިވާ ޙުކުމެއް ކަމެއް މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ފްރެންކް އޮހިއޯގެ ޖަލަށް ގެންދިއުމުގެ ކަންތައްތައް ހަމަޖައްސަމުން ގެންދާ ކަމަށް ފްލޮރިޑާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ