ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ އިންޓަސްކޫލް ހޭންޑްބޯލް މުބާރާތުގެ 12 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދިއިރު، 12 އަހަރުންދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދައިފި އެވެ.
ހެންވޭރު ބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ 12 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލު ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ކަލާފާނު ސްކޫލާ ވާދަކޮށް 9-8 ލަނޑުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އިސްކަންދަރުގެ އިބްރާހިމް ހިމްޔާން އެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދީ ފައިނަލުގައި ދަރުމަވަންތަ ސްކޫލާއި ވާދަކޮށް 9-2 ލަނޑުން މޮޅުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކަލާފާނުގެ ނާއިޝް މުހަންމަދު އެވެ.
މި މުބާރާތުގެ 14 އަހަރުންދަށުގެ ފައިނަލަށް ދަތުރުކޮށްފައިވާ ދެ ޓީމަކީ މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. އަދި 16 އަހަރުންދަށުގެ އުމުރުފުރާއިން ފައިނަލަށް ދަތުރުކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލާއި އަރަބިއްޔާ ސްކޫލެވެ. މި އުމުރުފުރާތަކުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.
12 އަހަރުންދަށުގެ ޗެމްޕިއަންކަން އިސްކަންދަރާއި ކަލާފާން ސްކޫލް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ