މަޖިލީހުގައި ދައުރުގެ ބޭރުން ބާއްވާ ދެވަނަ ޖަލްސާ މިއަދު ހަވީރު

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ބާއްވާނެކަން ރޭގައި މަޖިލީހުގެ އިދާރާއިން ހާމަކުރި ޖަލްސާ މިއަދު ހަވީރު ބާއްވަން މަޖިލީހުން ތައްޔާރު ވަމުން އަންނަކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
ދުވަސް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ދައުރުގެ ބޭރުން ބާއްވާ ދެވަނަ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 04:00 ގައެވެ.
ނަމަވެސް މިއަދުގެ ޖަލްސާގެ އެޖެންޑާ އާއި ބެހޭ މައުލޫމާތެއް އަދި ނުލިބެ އެވެ. ބެލެވޭގޮތުގައި ކުރިއަށް އޮތް ދެ ގަޑިއިރެއްގެ ތެރޭގައި އެޖެންޑާ އިއުލާނު ކުރާނެ އެވެ.
ބެލޭވެގޮތުގައި މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ބާއްވަން ތައްޔާރުވަނީ ކުއްލި ނުރައްކަލުގެ ގަރާރަށް ރުހުން ދިނުމަށާއި އެ ހާލަތު އިތުރު 30 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ރައީސް ޔާމީން އިއްޔެ ހުށަހެޅުއްވި ގަރާރު ފާސްކުރުމަށް ވޯޓް ނެގުމަށެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ށ: މި ގާނޫނު އަސާސީގެ 86 ވަނަ މާއްދާ އެހެން އޮތް ކަމުގައި ވިޔަސް ރައްޔިތުން އެ މައްޗަށް ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރުމަށް ޓަކައި ވޯޓަށް އަހަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެހެން ކަމުން އެފަދަ ގަރާރެއް ހުށަހެޅުއްވޭނީވެސް މަޖިލީހުގައި 43 މެމްބަރުންގެ ހާޒިރުގައެވެ. އެކަމަކު އިއްޔެ އެ ގަރާރު ހުށަހެޅުއްވި އިރު އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓްކުރުމަށްފަހު ޖަލްސާގައި ބައިވެރި ނުވުމުން އެ ޖަލްސާގައި ތިބީ 39 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ