ސުޕްރީމް ކޯޓުގެ ނިންމުމަކަށް ތަބައެއް ނުވާނަން: ރައީސް ނަޝީދު


އިއްޔެ, ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރު ފާސްކޮށްފައިވަނީ ސައްހަ ވޯޓަކުން ނޫން ކަމަށާއި ސުޕްރީމް ކޯޓުންނެރޭ ނިންމުންތައް ސައްޙަ ނުވާނެ ކަމަށް 13 އަހަރުގެ ޖަލު އިއްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދް ވިދާޅުވެއްޖެއެވެ.
ނަޝީން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ރައްޔަތުންގެ މަޖިލީހުން އިއްޔެ ނެގި ވޯޓުގެ ސައްހަކަން ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ނުލާ ސުޕްރީމް ކޯޓުން ނެރޭ ނިންމުންތައް ސައްހަ ނުވާނެކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީއާ އެއްގޮތަށް ގަރާރު ސަރުކާރަށް ފާސްވެފައި ނުވާ ކަމަށެވެ. ގާނޫނު އަސާސީގައި ބުނާ 43 މެންބަރުން މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގިއިރު ނެތްކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އެހެންވެ، ކުއްލި ހާލަތު ދަންމާލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނަޝީދުވަނީ ސިފަކުރައްވާފައެވެ.
ނަމަވެސް އިއްޔެ ބޭއްވި ރައްޔަތުންގެ މަޖިލީހުގެ ޖަލްސާގެ ފުރިހަމަ އަގުލަބިއްޔަތުން ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމަށް ފާސްކުރިއިރު، އެ ވޯޓްގެ ސައްހަކަން ކަޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ