ޔުމްނާ މައުމޫން ހީކުރަނީ މަޖްލީހަކީ ކުޅިވަރު ކުޅޭތަނެއް ކަމަށް


ކުރީގެ ރައީސް މައުމޫންގެ ދަރިފުޅު ދުންޔާ މައުމޫނަށް ހީވަފައި އޮތީ ރައްޔިތުންގެ މަޖްލީހަކީ ކުޅިވަރު ކުޅެން ހަދާފައި ހުރި ތަނެއްހެންނެވެ. މިއަދު ޔުމްނާ ކުރި ޓްވީޓެއްގައި މެޗު މެދުތެރެއިން ޤަވާއިދު ބަދަލު ކުރުމަކީ ކޮންކަހަލަ ކަމެއްހޭ ކިޔާ ސުވާލު ކުރިއެވެ. 
Match ge medhu therein gavaaidhu badhalu kurumaky kon kahala kameh tho?
— Yumna Maumoon (@yumna_maumoon) April 9, 2017
ޔުމްނާއަށް ހީވެފައި އޮތީ މަޖްލީހުގައި ކުޅެނީ ކުޅިވަރުކަމުގައެވެ. ކުޅިވަރު ކުޅޭނަމަ ކުޅެނީ ޔުމްނާއާއި ފާރިސް މައުމޫނެވެ. ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން ލާދީނީ އެމްޑީޕީއާއި ގުޅިގެން ފާރިސް ކުޅެނީ ކުޅިވަރެކެވެ.
މެޗުތެރެއިން ގަވާއިދު ބަދަލު ކުރުމޭ ކިޔާ މޮޅު ވާހަކަ ދައްކާއިރު 30 އަހަރު މަޖްލީސް ހިންގިގޮތް ޔުމްނާ އަށް ނޭނގެނީ ކަމަށްވެސް ވެދާނެވެ. ބޮޑުބޭބެ އިލްޔާސް ވެރިކަން ކުރާނަމޭ ހިތަށް އެރުވިކަމަށްޓަކައި ބައްޕާފުޅު ޤަވާއިދު ބަދަލުކޮށްލި ގޮތް އަދިވެސް އަހަރުމެން ހަނދާނަކުން ނުފިލައެވެ. 
ޤަނޑުވަރުތެރޭ އުޅުނީމަ މިތިބަކަންކަން ޔުމްނާއަށް ނޭނގެނީކަމަށްވެސް ވެދާނެއެވެ. ހަޖަމުވިޔަސް ނުވިޔަސް ހިތު ހުރިހާގޮތަކަށް މަޖްލީހުގައި ކަންތައްތަކެއް ނުކުރެވޭނެއެވެ. މަޖްލީހަކީ މުހިންމު މަސައްކަތްތަކެއް ކުރެވޭ މުހިންމު މުއައްސަސާއެކެވެ. ގެރި ބަކަރިން އުޅޭ އުސޫލުން މަޖްލީހުގައި އުޅޭކަށް ހަމަ ހިލާ މިސަރުކާރަކުން ފުރުސަތު ނުދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ