އަހުމަދު ސަލީމް އާއި ފުއާދު ޤާސިމް މަގާމުން ވަކިކޮށްފި

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސަލީމްއާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ ޗެއާރމަންގެ މަޤާމުގައި ހުންނެވި ފުއާދު ޤާސިމް މަގާމުން ވަކިކޮށްފިއެވެ.ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސަލީމް، އާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީގެ ޗެއާރމަންގެ މަޤާމުގައި ހުންނެވި ފުއާދު ޤާސިމް މަޤާމުން ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ހެންވޭރު މާޒް، އަޙްމަދު ސަލީމް، މަގާމުން ވަކިކޮށްފައިވާކަން ފިޔަވާ ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.ފުއާދު ވަކިކުރެއްވުމާއި ގުޅިގެން ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެފައިވަނީ ފުއާދު ހުންނެވި މަޤާމަށް ވަރަށް އަވަހަށް އިތުރު ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށެވެ. ފުއާދު އެ މަޤާމަށް އައްޔަން ކޮށްފައިވަނީ ދެހާސް ސޯޅަ ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ