ދ މީދޫގައި 240 ވޯޓްގެ ޖެނަރޭޓަރ ސެޓެއް ބަހައްޓާ، ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

ދ. މީދޫގައި 240 ވޯޓްގެ ޖެނަރޭޓަރ ސެޓެއް އިންސްޓޯލް ކުރުމަށްފަހު، އެރަށަށް ދިމާވި ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކޮށްފި އެވެ.
ދ. މީދޫ ކައުންސިލުން ބުނީ 240 ވޯޓުގެ ޖަނަރޭޓަރ ސެޓެއް ފެނަކަ ކޯޕަރޭޝަނުން ހުކުރު ދުވަހު އެރަށުގެ އިންޖީނުގޭގައި އިންސްޓޯލްކޮށްފައިވާ ކަމަށެވެ. 
އެ ޖަނަރޭޓަރު އިންސްޓޯލް ކުރުމާއެކު މިހާރު މުޅި ރަށަށް ކަރަންޓް ލިބެމުންދާ ކަމަށާޢި މިވަގުތު ކަރަންޓްގެ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މީދޫއަށް ކަރަންޓްގެ މައްސަލަ ކުރިމަތިވީ މިދިޔަ ހަފްތާގައެވެ. އެކަމާއި ގުޅިގެން އެރަށު ކައުންސިލުންނާއި ބައެއް ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީދޫގެ އިތުރުންވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކަރަންޓްގެ ކެނޑޭ މައްސަލަތައް ފެންމަތި ވެފައި ވެއެވެ. އެގޮތުން ތ ގުރައިދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަދިވެސް ހައްލު ކުރެވިފައެއް ނުވެއެވެ. ގުރައިދޫއަށް ކަރަންޓްގެ މައްސަލަ ދިމާވެފައިވާތާ ތިން މަހެއްހާ ދުވަސްވަނީ ވެފައެވެ.
ކަރަންޓް ކެނޑެމުންދާ ރަށްތަކުގެ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު، ހާއްސަކޮށް ރޯދަ މަހާ ދިމާކޮށް ކަރަންޓްގެ މައްސަލަ ދިމާވުމުން ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ