ހެނބަދޫ އަތުން ބަލިވެ މިލަދޫއަށް އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ
ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް "އޭ"ގެ މެޗުގައި، ހެނބަދޫއާ ވާދަކޮށް 1-0ގެ ނަތީޖާއަކުން މިލަދޫ ބަލިވެއްޖެއެވެ. މިނަތީޖާއާއެކު މިލަދޫއަށް ވަނީ، ގްރޫޕްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. އެ ގްރޫޕްގައި މިލަދުއާއި ހެނބަދުއަށް ވެސް މިހާރު 6 ޕޮއިންޓް ލިބިފައިވާއިރު، 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫއެވެ. އިއްޔެގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ހެނބަދޫއަށް ކާމިޔާބުކޮށްދިނީ މެޗުގެ 25 ވަނަ މިނިޓްގައި އެޓީމުގެ 28 ނަމްބަރު އިބްރާހީމް ރަމީޒްއެވެ. ގްރޫޕް އޭ ކެނދިކުޅުދޫ (7 ޕޮއިންޓު) މިލަދޫ (6 ޕޮއިންޓު) ހެނބަދޫ (6 ޕޮއިންޓު) މަނަދޫ (3 ޕޮއިންޓު) މަގޫދޫ (3 ޕޮއިންޓު) މާޅެންދޫ (1 ޕޮއިންޓު) ގްރޫޕް ބީ ލަންދޫ (4 ޕޮއިންޓު) ހޮޅުދޫ (3 ޕޮއިންޓު) ކުޑަފަރި (3 ޕޮއިންޓު) މާފަރު (1 ޕޮއިންޓު) ވެލިދޫ (0 ޕޮއިންޓު) ސިޔާމް މައުރޫފް ކަޕުގައި މިއަދާއި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗުތަކެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ހޮޅުދުއާ ކުޑަފަރީއެވެ. އަދި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ވެލިދުއާ މާފަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ