ރާއްޖެ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން: މައުމޫން

ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާއި ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ  ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން ހަނދާން ކުރަންވީ، ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާއި ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުެވފައިވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، އިސްލާމްދީން ނޫން އެހެން ދީނަކަށް މިފަސްގަނޑުން ޖާގަ ނުލިބޭނެކަން ކަށަވަރުކޮށް، ދިވެހިންގެ އިސްލާމީ ވަޙުދަތު ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ދަމަހައްޓައި، އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިޤްތިޞާދީ އަދި އިޖުތިމާއީ ނަހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ސަރުކާރުން ރިޢާޔަތްކުރައްވާނެކަމަށް ވިދާލުވެ ވެފައިވާ ވަޢުދު ފުއްދަވައިދެއްވާނެކަމަށެވެ.
“ އަޅުގަނޑުމެން ހަނދާން ކުރަންވީ، ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާއި ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީންކަން. މިސަރުކާރުގެ މެނިފެސްޓޯ ގައިވެސް ރާއްޖޭގެ އިސްލާމީ ވަޙްދަތު ހަރުދަނާ ކުރުމުގެ ގޮތުން ވަރަށް ގިނަކަންކަން ވަނީ ހިމަނުއްވާފައި. އެގޮތުން، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، އިސްލާމްދީން ނޫން އެހެން ދީނަކަށް މިފަސްގަނޑުން ޖާގަ ނުލިބޭނެކަން ކަށަވަރުކޮށް، ދިވެހިންގެ އިސްލާމީ ވަޙުދަތު ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ދަމަހައްޓައި، އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިޤްތިޞާދީ އަދި އިޖުތިމާއީ ނަހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ސަރުކާރުން ރިޢާޔަތްކުރައްވާނެކަމަށް ވެފައިވާ ވަޢުދު ފުއްދަވައި، ޤައުމު ބިނާކުރުމާއި މުޅި ދައުލަތުގެ ހިންގުން އެމަގުން ކުރިޔަށްދާކަން ކަށަވަރު ކުރުމާއެކު ރާއްޖޭގައި އިސްލާމީ ތަޢުލީމު އާލާކޮށް ކުރިއަށް އޮތް ޖީލުތަކަށް މިކަން ފޯރުކޮށް ދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުން.“ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް މައުމޫން ވިދާޅުވީ މައުމޫން ވިދާޅުވީ ރާއްޖެ މިނިވަން އަދި މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށް އައުމުގެ ސަބަބަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ރާއްޖެ އަދި ދިވެހިންނަށް ލިބުމުގެ ނަސީބު މިންވަރު ކުރެއްވީތީ މާތް ﷲ ގެ ހަޟުރަތަށް ހަމްދާއި ޝުކުރު ކުރާ ކަމަށެވެ.
އަދި މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގައި އިތުރަށް ފައިތިލަ ސާބިތު ކުރުމުގެ ހެޔޮ ތައުފީޤު ދިވެހީންނަށް ދެއްވައި، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލަހައްޓަވައި، ރާއްޖެއަކީ އަމަން އަމާން ކަން ޤާއިމު ވެފައިވާ ޞުލްޙަ މަޞްލަޙަތަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި ދުޢާކުރައްވާ ކުރަމެވެ.
_____________________
2 ރަބީޢުލް އާޚިރު 1440
09 ޑިސެމްބަރ 2018
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ