މާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ

ސްޓެލްކޯގެ ޖަނަރޭޓަރެއް ހަލާކުވެގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ނެރުނު އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ބޮޑު ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ކަރަންޓު ކަނޑާލާނީ އެއް ގަޑީރަށްކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. އެހެންނަމަވެސް ކަރަންޓު ކަނޑަމުންދާނީ ކޮން ސަރަހައްދުތަކަކުން ކަމެއް އަދި ނާންގައެވެ. އެހެން ނަމަވެސް ކަރަންޓު ކެނޑުމުގެ ކުރިން އެސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަންގާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.Some areas of Male’ are experiencing power interruptions due to technical issues. We are in the process of restoring power!— STELCO (@STELCOMALDIVES) December 13, 2018
މިއަދު ހެނދުނުން ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކެނޑިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ