ރ. އަތޮޅުގައި އެމް.ޓީ.ޑީގެ ބާރުގަދަ ކުރުމަކީ އަމާޒެއް – މެމްބަރު ޔާމީން ރަޝީދު

ރ. އަތޮޅަކީ އެމް.ޓީ.ޑީން ޓާގެޓުކުރާ އެއް އަތޮޅުކަމަށާއި ރ. އަތޮޅުގައި އެމް.ޓީ.ޑީގެ ބާރު ގަދަ ކުރުމަކީ އަމާޒެއްކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
 
'އެމް.ޓީ' އާއި ވާހަކަދައްކަވަމުން ޔާމީން ރަޝީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރ. އަތޮޅުގައި އެމް.ޓީ.ޑީގެ ގިނަ ސިޔާސީ ހަރަކާތްތަކެއް ހިންގާ ރ. އަތޮޅުގައި އެ ޕާޓީގެ ބާރު ގަދަކުރުމަށް ވަރަށް ބޮޑަށް އަމާޒު ހިފާފައިވާކަމަށެވެ. ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްވެ ހުންނަވާ އުފައްދަވާފައިވާ އެމް.ޓީ.ޑީ އަކީ ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީކޮށްދީފައިވާ ޕާޓީއެކެވެ.
 
އެމް.ޓީ.ޑީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މިޙާރު ފުރުޞަތު ހުޅުވާލާފައިވާއިރު އެ ޕާޓީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މި ފެށޭ ހަފްތާގެ ތެރޭގައި ޔާމީން ރަޝީދު ރަސްމީކޮށް މިކަން އިޢުލާނު ކުރައްވާނެއެވެ.
 
ފޮޓޯ: ވަގުތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ