ޕީޕީއެމް ފިޔަވާ އެހެން ޕާޓީތަކަށް ފައިސާ ދީފި. އެމްޑީޕީއަށް 5.6 މިލިއަން

ޕީޕީއެމް ފިޔަވާ ދެންހުރި ސިޔާސީ ޕާޓިތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ އިލެކްޝަނުން ދޫކޮށްފިއެވެ.
އިލެކްޝަނުން ބުނީ ޕީޕީއެމަށް ފައިސާ ދޫކޮށްފައި ނުވަނީ އެޕާޓީގެ އަސްލާމެދު އުފެދިފައިވާ މައްސަލަ ކޯޓުގައި އޮތުމާއި ގުޅިގެން ކަމަށެވެ.
އިލެކްޝަނުން އެންމެ ބޮޑު އެއްޗެއް މިއަދު ދޫކޮށްފައި ވަނީ އެމްޑީޕީއަށެވެ. އެމްޑީޕީއަށް މިއަދު 5.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެޕާޓިއަށް ދައުލަތުގެ ބަޖެޓުން 7.4 މިލިއަން ރުފިޔާ ދޭން ޖެހެއެވެ. މީގެ ކުރިން 1.8 މިލިއަން ރުފިޔާ އެޕާޓީއަށް ދޫކޮށްފައިވެއެވެ.
ޖޭޕީއަށް މިއަހަރުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ދޭން ޖެހޭއިރު، ބާކީ ނުދެވިހުރި 1.93 މިލިއަން ރުފިޔާ މިއަދު ވަނީ ދޫކޮށްފައެވެ. އެމްޑީއޭއަށް 1.99 މިލިއަން ރުފިޔާ މިއަދު ދޫކޮށްފައިވެއެވެ. އެޕާޓީއަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 2.6 މިލިއަން ރުފިޔާ ދޭން ޖެހެއެވެ.
ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ