އިސްދޫ ގެއަކުން ވަގަށް ނެގި ތިން ލައްކަ ރުފިޔާ ހޯދާ ދެ މީހުން ހައްޔަރުކޮށްފި

ލ. އިސްދޫ ގެއަކުން ވަގަށް ނެގި ގިނަ އަދަދެއްފެ ފައިސާ ހޯދައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ އެ ރަށު ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފައިސާތައް ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ފައިސާތައް ހޯދާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ފައިސާތައް ހޯދާފައިވަނީ ރަށުތެރޭގައި ވަޅުލާފައި ހުއްޓައިބުންޏެވެ. ފުލުހުން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށް 352،500 ރުފިޔާ ހޯދާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ