ދިވެހިރާއްޖޭގެ މޫސުން ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ދެކުނަށް ގޯސްވާނެ ކަމަށް ލަފާކޮށް ތ.އަތޮޅުން ފެށިގެން ސ.އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަ ވާނެކަމަށާއި، ރާޅުތަކުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނެއްގައި ހުންނާނެކަމާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. މީގެ އިތުރުން ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީވެ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމުން ތ. އަތޮޅުން އައްޑޫއަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ