ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ޝަކުވާ ހުށަހެޅުމަށް ހާއްސަ މެއިލްއެއް

ފަތުރުވެރިކަމުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޝަކުވާ ހުށަހެޅުމަށް ހާއްސަ އީ-މެއިލް އެއް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީއިން މިއަދު ބުނީ މުވައްޒަފުންނަށް ހިޔާލު ފާޅުކޮށް ޝަކުވާ ހުށަހެޅޭ ގޮތްތަކެއް ހަމަޖެއްސުމަށް، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި މިނިސްޓްރީއާ ބައްދަލުކޮށް ނިންމާފައި ކަމަށެވެ.
އެގޮތުން މުވައްޒަފުންގެ ހިޔާލުފާޅުކުރުމަށް ހާއްސަ މެއިލް އެއް ތައްޔާ ރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި އީމެއިލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށް ވެސް ކަންބޮޑުވުންތަކާއި ހިޔާލުތައް ފޮނުވޭނެ ކަމަށެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައިވަނީ ރިސޯޓުތަކަށާއި ސަފާރީ ތަކަށެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ