އެންވަޔަރަމަންޓް މިނިސްޓްރީ އުވާލަން ޖެހޭ: ޝިޔާން

އެންވަޔަރަމަންޓް މިނިސްޓްރީގެ ޒިންމާ އަދާކުރެވޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އެ މިނިސްޓްރީ އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން މިއަދު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދު އަށް ވަރަށް ބޮޑަށް އުދަ އެރި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޝިޔާން ވިދާޅުވީ އއ. އުކުޅަހަށާއި އއ. ރަސްދޫ އަށް ފާއިތުވެދިޔަ ދެ ދުވަހު ވަރަށް ބޮޑަށް އުދަ އެރި ކަމަށެވެ. އެއީ ދ ެވަނަ ސުނާމީއެއް ކަމަށް ހީކޮށް އެ ދެ ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ބިރުން ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ އެއީ ކުއްލިއަކަށްވާ ކަމެއް ނޫން ކަމަށާއި އެކަމުގެ އަސަރު ރާއްޖެއަށް ކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީން އެކަމާ މެދު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ތިމާވެއްޓާއި ގުޅުން ހުރި ކަންކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާކަމަށް ގަބޫލު ނުކުއްރެވޭ ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ. އެ މިނިސްޓްރީއިން ގިނަ ދިރާސާތަކެއް ކުރި ނަމަވެސް އޭގެ ނަތީޖާ ނުފެންނަ ކަމަށް ޝިޔާން ވިދާޅުވިއެވެ.
މި ސަރުކާރުގެ ދޮޅު އަހަރު ފުރިހަމަ ވި އިރުވެސް، ރަށް ގިރުން ހައްލު ކުރުމާއި ހިސާބަށް ދިއުމުން އެ މަސައްކަތް މާލީ ދަތިތަކާއި ހުރެ ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އަށް އެމްޑީޕީގެ މެމްބަރަކު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އިރު، އެ މިނިސްޓްރީ ބަލަހައްޓަވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ