ޖުލައި މަހުގެ ކަރަންޓު ބިލުން ސަބްސިޑީ އުނިކުރުން މުރާޖަޢާކުރައްވާ: ޣައްސާން

ޖުލައި މަހުގެ ފެނާއި ކަރަންޓު ބިލުން ސަބްސިޑީ އުނިކުރުމަށް ސްޓެލްކޯއާއި ފެނެކާއިން ނިންމި ނިންމުމާމެދު އަލުން ވިސްނައި އެނިންމުން މުރާޖަޢާކޮށްދިނުމަށް އެދެކުންފުނީގެ ކިބައިން ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބުލީޑަރު މުޙައްމަދު ޣައްސާން މައުމޫން އެދިވަޑައިގެންފިއެވެ. ޣައްސާން މިފަދައިން އެދިވަޑައިގަތީ ކޮވިޑް-19ގެ ހާލަތަށް މިހާރު އައިސްފައިވާ ބަދަލުތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން މިހާރުގެ ޙާލަތަށް ރިއާޔަތްކުރައްވައި ޣައްސާން ވިދާޅުވީ ކޮވިޑް-19 ފެތުރުން ހަންމަތަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ހަރުދަނަކުރުމަށް އިސްކަން ދޭންޖެހޭ ކަމުގައެެވެ. މިފަދައިން ޣައްސާން ވިދާޅުވިއިރު ދުވާލެއްގެ މައްޗަށް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ މީހުންދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އަދި ބަލިޖެހިގެން ހަސްފަތާލުގައި އެދުމަތިކޮށް ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޣައްސާން ވިދާޅުވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ހަރުދަނާކޮށް ހަރުކަށިކުރުމަކީ އިސްކަންދޭންޖެހޭ ކަމަކަމަށްވުމާއެކު، މީހުންގެ ދިރިއުޅުމަށް އިޤުތިޞާދީ ހީނަރުކަމުން ފޯރާ އަސަރުތަކާމެދު ސަރުކާރުން ސަމާލުވެ އެކަމަށް ވިސްނުން ބަހައްޓަންޖެހޭ ކަމުގައެވެ. އެގޮތުން މީހަރުވެސް ވަރަށް ގިނަ ބަޔަކު ތިބީ ދަތި ހާލަތުގައި ކަން ފާހަގަކުރައްވަމުން ޣައްސާން ސްޓެލްކޯއާއި ފެނަކާ ކިބައިން އެދިވަޑައިގަތީ ޖުލައި މަހުގެ ބިލުތަކުން ސަބްސިޑީ އުނިކުރުމަށް ނިންމި ނިންމުން މުޠާލިޢާކޮށް މުރާޖަޢާކުރުމަށެވެ.ފަތުރުވެރިކަން ރަނގަޅަށް ފަށައިނުގަނެވި ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިނުވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދު އަދިވެސް ފެންނަނީ ވަރަށް ހީނަރުކޮށެވެ. ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ މަގުތައްވަނި އަދިވެސް ބަންދުވެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ