ލޯބިވެރިޔާ އެކްސް މަތިން ހަނދާންނައްތާނުލާކަމުގެ ހެކިތައް

ލޯބިވެރިޔާ އޭނާގެ އެކްސް ނުވަތަ ކުރީގެ ލޯބިވެރިޔާ އާއި ވާހަކަދައްކާތީ ޖެލަސް ނުވާ އެއްވެސް މީހަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ. ގައިމުވެސް ޖެލަސް ނުވާ މީހުންގެ އަދަދު މަދެއް ނުވާނެ އެވެ.
ކޮންމެއަކަސް މީހުން ބުނާ ގޮތުގައި ލޯބިވެރިޔާ އޭނާގެ އެކްސްގެ ކިބައިން ސަލާމަތްނުވެގެން އުޅޭނަމަ އެއީ ވަރަށް ބޮޑު ބޮލުގެ ރިހުމެކެވެ. އަދި ހިތުގައި ވަރަށް ނުވަތަވަސްކަން ވެސް އުފެދޭ ކަމެކެވެ. އެންމެ ބޮޑު ހިތްނުތަނަވަސް ކަމަކީ ލޯބިވެރިޔާ އޭނާގެ އެކްސް އާއި ގުޅުމެއް އޮވޭތޯ ނުވަތަ ނޫންތޯ ހިތުގައި ސުވާލު އުފައްދައިގެން އުޅެން ޖެހުމެވެ. އެކްސް މަތިން ހަނދާން ނުކުރާކަމަށް ނުވަތަ އެކްސް އާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ލޯބިވެރިޔާ ބުނި ނަމަވެސް އެވާހަކައަށް އިތުބާރު ކުރެވެނީ ކިހާ ވަރަކަށް ހެއްޔެވެ؟
އެކްސް އާއި ގުޅުމެއް ނެތް ކަމަށް ލޯބިވެރިޔާ ބުނާ ބުނުން ގަބޫލުކުރާއިރު ހިތުގައި ސުވާލު އުފެދޭނަމަ މިކިޔާދޭ ކަންތައްތައް ހުރި ނެތް ގޮތެއް ބަލާލާށެވެ.
އެކްސްގެ ވާހަކަ އަބަދުވެސް ދައްކާ
ތިބާގެ ލޯބިވެރިޔާ ތިބާގެ ކައިރީގައި އޭނާގެ އެކްސްގެ ވާހަކަދައްކާނަމަ އޭގެ މާނައަކީ އޭނާ އެއުޅެނީ އޭނާގެ އެކްސްގެ މަތިން ހަނދާން ނައްތާނުލެވިގެންނެވެ. ލޯބިވެރިޔާ ދައްކަނީ އެކްސްގެ ގޯސް ސިފަތަކުގެ ވާހަކަ ނަމަވެސް ހުއްޓުމެއްނެތި އެވާހަކަދައްކާނަމަ އެއިން އެދޭހަވަނީ އެކްސް އާއި ދޭތެރޭ ވިސްނުން ތިބާގެ ލޯބިވެރިޔާ ދޫކޮށްނުލާކަމެވެ.
އޭނާގެ ބްރައުޒާ
ލޯބިވެރިޔާގެ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރ ނޫނީ ފޯނުގެ ބްރައުޒާ ޗްކްކޮށްލަ ބަލާށެވެ. އޭނާ އޭނަގެ އެކްސްގެ ފޭސްބްކް ނުވަތަ ޓްވިޓާ އެކައުންޓް ނޫނީ ބްލޮގް ޗެކް ކޮށްފައި ހުރޭ ހެއްޔެވެ؟ އޭނާ މިކަން ކޮށްފައި ވަނީ ވަރަށް ގިނައިން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އެއީ ކީއްވެ ހެއްޔެވެ؟ ޔަގީނުން ވެސް އެއީ އެކްސް އުޅޭ ގޮތް ބެލުމަށެވެ. އެކްސް އުޅޭ ގޮތް ބަލަން ޖެހޭނީ އޭނާ އާއި ދޭތެރޭ އަދިވެސް ކޮންމެވެސް ހާއްސަ ކަމެއް އޮތުމުންނެވެ.
އެކްސް ފެނިއްޖެ ނަމަ ވަނީ ކިހިނެއް؟
ތިބާ އާއި ތިބާގެ ލޯބިވެރިޔާ މަގުމަތިން ނުވަތަ އެނޫން ތަނެއްގައި ތިއްބާ ނަމަވެސް ލޯބިވެރިޔާގެ އެކްސް އަށް ފެނިއްޖެ ނަމަ ތިބާގެ ލޯބިވެރިޔާ އަށް ވަނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ހާލަތެއްގައި އޭނާ ތިބާ އާއި އިތުރަށް ކައިރިވެލަނީ ހެއްޔެވެ؟ ނުވަތަ ތިބާ އަކީ ވަރަށް ދުރު މީހެއްކަން ދެއްކުމަށް މަސައްކަތް ކުރަނީ ހެއްޔެވެ؟ މިހެން ވެއްޖެނަމަ ވިސްނާލާށެވެ. ތިބާގެ ލޯބިވެރިޔާ ތިބާ އާއި ދުރުވާން މަސައްކަތް ކުރާނީ އެކްސް އާއި ކޮންމެވެސް ގުޅުމެއް އޮތީމައެވެ.
އެކްސްގެ ފަރާތުން ލިބުނު ހަދިޔާ
ލޯބިވެރިޔާ އަށް އޭނާގެ އެކްސްގެ ފާރަތުން ލިބުނު ހަދިޔާތައް އޭނާ އަދިވެސް ރައްކާތެރި ކަމާއި އެކު ބަހައްޓާ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިއީ ހެޔޮ ފާލެއް ނޫނެވެ. އެގިފްޓްތައް ކޮންމެ ދުވަހަކު ފެންނަ ހިސާބުގައި ބަހައްޓާފައި ހުރެފައި އަދި ލޯބިވެރިޔާ އާއި އެކްސް އާއި ދެމެދު ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވޭނަމަ ވާހަކަދައްކައިގެން ކޮންމެވެސް ހައްލެއް ހޯދުން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ