ހަލުވިކަމާއެކު ޑެންގޫ ހުން ފެތުރެމުންދާތީ މާމިގިލީ ރައްޔިތުން ނިކުމެއްޖެ

އދ. މާމިގިލީގައި  ހަލުވިކަމާއެކު ޑެންގޫ ހުން ފެތުރެމުންދާތީވެ، މަދިރި  ކޮންޓްރޯލް ކުރުމަށްޓަކައި އެރަށު ރައްޔިތުން ނިކުމެއްޖެ އެވެ.
މަދިރި އުފެދޭފަދަ ތަންތަން ނައްތާލުމަށް މާމިގިލީ ސިއްޙީ މަރުކަޒާއި މާމިގިލީ ރަށުކައުންސިލް އިދާރާ އާއި ގުޅިގެން އިއްޔެ ހިންގި ޕްރޮގްރާމްގައި ފުލުހުން ވެސް ބައިވެރިވެފައިވެ އެވެ.
މީގެއިތުރުން ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި ރަށުގެ  އާންމު ރައިއްތުންގެ ގިނަ ބަޔަކު ބައިވެރިވި މިޕްރޮގްރާމްގައި މާމިގިލީ ރަށުތެރޭގައި ހުރި ގޯތި ގެދޮރާއި ހުސްބިންތަކުގައި މަދިރި އުފެދޭ ތަންތަން ވަނީ ނައްތާލާފައެވެ.
މިމަސައްކަތުގައާއި ރަށުގާ ހިންގާ އެކިއެކި އިޖުތިމާއީ ހަރަކާތްތަކުގައި މާމިގިލީ ޕޮލިސް ސްޓޭޝަންގެ ފަރާތުންލިބޭ އެއްބާރުލުން ފާހަގަކޮށް މާމިގިލީ ސިއްޙީ މަރުކަޒާއި މާމިގިލީ ރަށުކައުންސިލް އިދާރާއިން ވަނީ ޝުރުއަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ