ޕާކިސްތާނުން ދެ ގަޑިއިރަށް ކަރަންޓު ކެނޑިއްޖެ

މުޅި ޕާކިސްތާނުން އިއްޔެ ދެގަޑިއިރެއްހާއިރަށް ކަރަންޓު ކަނޑައިގެން ގޮސްފި އެވެ.
ޕާކިސްތާނުން ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ އެގައުމުން ކަރަންޓު ދިނުމަށް ބޭނުންކުރާ މައި ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރަކަށް ދިމާވި މައްސަލަޔަކާއި ގުޅިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މިއީ ޕާކިސްތާނުގައި އާންމުކޮށް ނުވާ ކަމެކެވެ.
ކަރަންޓު ކެނޑޭ ޕާކިސްތާނުން އިއްޔެ އިރުއޮއްސުނު ވަގުތު ކަރަންޓު ކެނޑުނީ ދުވާލަކު 1،200 މެގަވޮޓްގެ ކަރަންޓު އުފައްދާ ޖަނަރޭޓަރެއް ހަލާކުވުމުންނެވެ.
އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ދިނުމަށް ދެގަޑިއިރަށް ވުރެން ގިނަ އިރު ނެގި އެވެ. މިކަމުގެ ސަބަބުން އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ކަމާއި ބެހޭ ފަރާތްތަކަށް ކުރި އެވެ.
ޕާކިސްތާނުން މިހާރު ދަނީ އެމައްސަލަ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ