ރިއާސީ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގަތުމުން ސްޓޭޓް އޮފް އިމަޖެންސީ އިއުލާނުކޮށް، އަލުން ވޯޓު ގުނާ ގޮތަށް ހަމަޖެއްސުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަސައްކަތްކުރެއްވި ކަމަށް ވިދާޅުވެ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ) ދެއްކެވި ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ބުނެފި އެވެ.
ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެމްއެންބީސީން މިދިޔަ އަންގާރަދުވަހު ގެނެސްދިން "ނޭޝަން ޓޯކް" ޝޯގައި، 2008 ވަނަ އަހަރުގެ ރިއާސީ އިންތިހާބު ޑީއާރްޕީގެ ކުރީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމަށް ނާކާމިޔާބުވެ ވަޑައިގެންނެވުމުން "ސްޓޭޓް އޮފް އިމަޖެންސީ" އިއުލާންކުރައްވައިގެން އަލުން ވޯޓު ގުނާ ގޮތަށް ހަމަޖެއްސުމަށް އެމަނިކުފާނު އުޅުއްވި ކަމަށް ޝަރީފް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ނިންމީ ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެގެން ކަމަށް ވެސް އެ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވި ކަމަށް އެ ބަޔާނުގައި ވެ އެވެ.
"..އިބްރާހިމް ޝަރީފް ދެއްކެވި ވާހަކަތަކަކީ މުޅިން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެކެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނީ ރިއާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރި ރޭ ފަތިހު 00: 4 ގައި މައުމޫން ރައީސް މުހައްމަދު ނަޝީދަށް ގުޅުއްވި ކަމަށާއި އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި ތަހުނިޔާ ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން މައުމޫން ރައީސް ނަޝީދާ ބައްދަލުކުރަން އިސް ނަންގަވައި މީޑީއާ ކުރިމަތީގައި ބައްދަލުކުރައްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެން އެކަން އޮތް އިރު އެމްއެންބީސީގެ ޕްރޮގްރާމްގައި ޝަރީފް ވާހަކަ ދައްކަވާފައި ވަނީ ހަގީގަތް އޮޅުވާލުމަށް ކަމަށް ވެސް އެ ބަޔާނުގައި ޕީޕީއެމުން ބުނެފައިވެ އެވެ.
ރިއާސީ އިންތިހާބުގައި ނާކާމިޔާބު ވުމުން އިމަޖެންސީ އިއުލާނުކުރުމަށް މައުމޫން މަސައްކަތެއް ނުކުރައްވާ: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ