ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޕެންޝަން ފައިސާ ނެގޭގޮތައް ބިލް ފާސްކޮށްފި

ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.
މީގެ އިތުރުން ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެކަމަށް ކަނޑައަޅައި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ޤާނޫނުގައި ހިމެނުމަކީވެސް މި ބިލު ހުށަހެޅުއްވި ސަބަބެކެވެ.
އެ ބިލްގައިވާ ގޮތުން ޓާމިނަލް އިލްނަސްގެ ހާލަތަކީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން އެފަދަ ހާލަތެއްގައިވާ މީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރެވިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ