އޭޑީއެޗްޑީ ބޭސް މިތައިލްފެނިޑޭޓް، މަނާ ލިސްޓުން އުނިކުރުމަށް މަޖިލީހުން ފާސްކޮށްފި
އެޓެންޝަން-ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އެޑީއެޗްޑީ) ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ރައްޔިތުންގެ މަޖިލީހުން ރުހުން މިއަދު ދީފި އެވެ.އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުއްވިއެވެ. އަދި އެ ކޮމިޓީއިން ވަނީ މަޝްވަރާތައް ކުރުމަށްފަހު އެ ބޭސް މަނާ ލިސްޓުން އުނިކުރުމަށް ނިންމާފައެވެ.މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅާފައިވެއެވެ. އަދި އެ ބޭސް މަނާ ލިސްޓުން އުނިކުރުމަށް މަޖިލީހުގެ މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓު ދިނުމަށް އަހާފައިވެއެވެ. މިތައިލްފެނިޑޭޓް މަނާ ލިސްޓުން އުނިކުރުމަށް ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފަ އެވެ.އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މަނާ ލިސްޓުން މި ބޭސް އުނިކުރުމަށް ގާނޫނުގެ ޖަދުވަލަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފެންނަ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. މިތައިލްފެނިޑޭޓް ރާއްޖެއަށް އެތެރެ ނުކުރެވެނީ އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނާ ލިސްޓްގައި ކަނޑައަޅާފައިވާތީ އެވެ.މިތައިލްފެނިޑޭޓްއަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރިޓްމެންޓެއްގެ ގޮތުގައި ބޭނުންކުރަން ސައިންޓިފިކަލީ ރަނގަޅު ބޭހެކެވެ. ނަމަވެސް، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި އެ ބޭސް ހިމަނާފައިވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގަ އެވެ. އަދި ދެވަނަ ޖަދުވަލުގައި ހިމަނާފައިވަނީ ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެއްޗެވެ.އެ ލިސްޓުން އެ ބޭސް އުނިކޮށްދޭން އެމްއެފްޑީއޭ އިން ވެސް މިދިޔަ އަހަރު މަޖިލީހުގައި އެދިފައިވެ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ