މިދިޔަ މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ އިތުރުވެ، 24،800އަށް ވުރެ ގިނަ ކޭސް
މިދިޔަ މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ ރިޕޯޓުކުރި މިންވަރު އިތުރުވެ، ޖުމުލަ 24،800އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އެހެންވެ، ބަލިތައް އިތުރުވާން މަގުފަހިވެއެވެ. އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިގޮތުން، މާރިޗު މަހުގައި އަރިދަފުސް ރޯގާ ޖެހިގެން 20،000އަށް ވުރެ ގިނަ މީހުން އެޗްޕީއޭއަށް ރިޕޯޓުކުރިއެވެ. ނަމަވެސް، މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ 24،221އަށް އަރާފައެވެ. ދެ މީހަކު މާސްކެއް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ ހިސާބުތަކުން ދައްކާ ގޮތުގައި، މާރިޗުގައި 601ގައި ހުރި ޑެންގީ ކޭސްތަކުގެ އަދަދު މިދިޔަ މަސް ނިމުނުއިރު ހުރީ، 643އަށް އިތުރުވެފައެވެ. އެ ބަލީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ، ހދ އަތޮޅުންނެވެ. އެ އަތޮޅުން އެކަނި، މިދިޔަ މަހު 80 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މިދިޔަ މަހު ޑެންގީއާއި އަރިދަފުސް ރޯގާ އިތުރުވިއިރު، ބޭރަށް ހިންގުން ޖެހުނު މީހުންގެ އަދަދު ދަށްވި ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ. މިގޮތުން، މިދިޔަ މަހު އެ ބަލި ޖެހިގެން ރިޕޯޓުކުރީ، 3،993 މީހުންނެވެ. https://sun.mv/221833 ފާހަގަކުރޭ ގޮތުގައި، އެޗްޕީއޭއިން ވަނީ ޑެންގީއާއި އެހެން ބަލިތައް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ. އެއާއެކު، ގދ. ފަރެސްމާތޮޑާގައި ވައިރަލް ހުން ފެތުރެމުންދާ މިންވަރު އިތުރުވެ އެ ރަށުގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން ޑޮކްޓަރަށް ދައްކާފައިވާކަމަށް އެ ރަށުގެ ހެލްތު ސެންޓަރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ